މިދިޔަ ހޯމަ ދުވަހުގެ ރޭ އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ރަށުގެ ދެމަފިރިންގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދެމަފިރިން އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.
ނަމަވެސް ފިހުމުގެ ސަބަބުން ލިބުނު ވަކިވަކި ގެއްލުންތަކާ ގުޅޭ މައުލޫމާތު މީޑިއާ އޮފިޝަލު ވިދާޅެއް ނުވި އެވެ.
އެ އަލިފާނުގެ ހާދިސާ ހިނގީ ކިހިނެއް ކަމެއް އަދިވެސް ސާފެއް ނުވެއެވެ. ފުލުހުންވެސް އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް އަދި ނުބުނެ އެވެ.
އެކަމަކު "ރަސް" އަށް އެނގިފައިވާ ގޮތުން ދެމަފިރިން ތިބީ ވަރަށް ބޮޑަށް ފިހިފަ އެވެ.
އެ ހާދިސާގައި ކަންކަން ހިނގާފައި އޮތް ގޮތުން ތަފާތު އެކި ގޮތްގޮތަށް ރަށުގައި ވާހަކަތައް ވެސް ދަނީ ދެކެވެމުން ނެވެ. ނަމަވެސް ކައުންސިލުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު