ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އާންމު ރައްޔިތުންގެ ބަޔަކު މަޝްހޫރު "ޗޭންގް އޯގް" ވެބްސައިޓްގައި ފެށި އެ ޕެޓިޝަންގައި ބުނީ މެމްބަރުންނަށް މިހާރު ދެމުންދާ މުސާރައާއި އިނާޔަތްތައް އިގުތިސާދަށް ބޮޑު ބުރައަކަށް ވެގެންގޮސްފައިވާ ކަމަށެވެ.
އޭގެ އިތުރުން މެމްބަރުންނަށް ލިބޭ ހާއްސަ އިންޝުއަރެންސް ސްކީމާއި އަދި ކޮމިޓީ އެލަވަންސްއާ ހުރެ ވެސް ދައުލަތުގެ ހަރަދުތައް ބޮޑުވެފައިވާކަން ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން އެ ޕެޓިޝަންގައި ހަތަރުކަމެއް ކުރުމަށް ހުށަހަޅާފައި ވެއެވެ.
އެގޮތުން މެމްބަރުންގެ މުސާރަތައް ކުޑަކޮށް، ކޮމިޓީ އެލަވަންސް އުވާލުުގެ އިތުރުން ވަކިން އިންޝުއަރެންސް ދިނުމުގެ ބަދަލުގައި އާސަންދައިން އާންމު ރައްޔިތުންނަށް ވެސް ލިބޭ އިންޝުއަރެންސް މަޖިލިސް މެމްބަރުންނަށް ދިނުމަށް ގޮވާލައިފައި ވެއެވެ.
އަދި ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތްތައް ވެސް ހުއްޓާލަން ޕެޓިޝަންގައި ގޮވާލައިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު