މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 593،956 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތަރު އިންސައްތަ ކުރިއެރުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 570،898 ފަތުރުވެރިންނެވެ.
ފާއިތު އަހަރެކޭ އެއްގޮތަށް މި އަހަރުވެސް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޗައިނާ ފަތުރުވެރިންގެ އަދަދު 70،000 އިން މައްޗަށް އަރައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 26 ގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 70،797 ފަތުރުވެރިންނެވެ. ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގައި ޗައިނާގެ ފަހަތުން ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެގޮތުން ރަޝިޔާއިން 63،241 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 60،872 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ހަތަރުވަނައިގައި އޮތް އިޓަލީއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 55،377 ފަތުރުވެރިންނެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު