މިފްކޯގެ ޑެޕިއުޓީ މެނޭޖަރު އިބްރާހިމް ސައީދު (ކޭޑު) މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިފްކޯގެ މީޑިއާ ގްރޫޕުގައި ހިއްސާ ކުރެއްވި މެސެޖެއްގައި ކޭޑު ވިދާޅުވީ، އޭނާ އަބަދުވެސް އެދެނީ މިފްކޯއަކީ ހަރުދަނާ ދެފުށް ފެންނަ އަދި ކޮރަޕްޝަނުން އެއްކިބާވެފައިވާ، މުޖުތަމައުއަށް ތެދުވެރިކަމާ އެކު ހިދުމަތް ކުރާ ކުންފުންޏަކަށް ވެގެން ދިއުން ކަމަށެވެ.
އަދި ކުންފުނީގެ ޕަބްލިކް ރިލޭޝަންގައި އޭނާ މަސައްކަތް ކުރި މުއްދަތުގައި ދިމާވި ގޮންޖެހުންތަކާ އެކު ވެސް މަސައްކަތް ކޮށްފައިވާނީ ވަގުތުން ވަގުތަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށާއި އަދި ކުންފުނީގެ މަގުބޫލުކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނޭކަމަށް ވިދާޅުވިއެވެ.
ކޭޑު އިތުރަށް ވިދާޅުވެފައިވަނީ މިފްކޯއަށް ރަނގަޅުގޮތްތައް އެދުނު ނަމަވެސް، ކޮންމެހެން ބޭނުންވާ އިސްލާހީ އެޖެންޑާ ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ބާރެއް ލިބިފައި ނުވާކަމަށެވެ.
ކޭޑު އިސްތިއުފާ ދެއްވާފައިވާއިރު އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި ސްވިޒަލޭންޑުގެ ޑރ. ވިޓާލީވަނީ މިދިޔަ މަހު ވަނީ މަގާމުން ވަކިކޮށްފައެވެ. އެ މަގާމަށް މިހާރު އައްޔަނު ކޮށްފައިވަނީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރެވެ.

ކިޔުންތެރިންގެ ހިޔާލު