ސަރުކާރަކީ އޭގެ ޒާތުގައިވެސް ރައްޔިތުންގެ މައްޗަށް އަނިޔާވެރި އެއްޗެއްކަން ޤަބޫލު ކުރުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާ ގުޅިގެން ކޮށްފައިވާ ޚަރަދުތަކުގައި ސަރުކާރުގެ އިދާރާތަކުން ކޮރަޕްޝަންގެ ބައެއް ޢަމަލުތައް ހިންގާފައިވާކަމަށް ތުހުމަތު ކުރެވެމުންދާ ދުވަސްވަރެއްގައި އިބްރާ ވިދާޅުވީ ޤަބޫލުކުރަންވީ ސަރުކާރަކީ އޭގެ ޒާތުގައިވެސް ރައްޔިތުންގެ މައްޗަށް އަނިޔާވެރި އެއްޗެއް ކަން ކަމަށެވެ. އަދި އެއީ ވަކި މީހަކު ވަކި މަޤާމެއްގައި ހުރުމަކުން ބަދަލު ވާނޭ ކަމެއް ނޫންކަމަށް އިބްރާ ވިދާޅުވިއެވެ.
އިބްރާ އިތުރަށް ވިދާޅުވީ "ދަޢުލަތުގެ ބާރުތައް ކުޑަކުރާން ޖެހޭނީ އެހެންވެގެން" ކަމަށެވެ.
ވަކި މީހަކު ވަކި މަޤާމެއްގައި ހުރުމުން ސަރުކާރުގެ އަނިޔާވެރިކަން ކުޑަ ނުވާނެ ކަމަށް އިބްރާ ވިދާޅުވެފައިވާއިރު އިބްރާގެ ކޮއްކޮ ފައްޔާޒް އިސްމާޢީލް އިޤްތިޞާދީ ވަޒީރު ކަމުން ވަކި ކުރުމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ އެކިގޮތްގޮތުން މަސައްކަތް ކުރަށްވަމުންނެވެ. އެގޮތުން ފައްޔާޒަށް "ބްރޯ" އަކަށް ވެގެން ޕާޓީގެ ތެރޭގައި ނޫޅުއްވޭނެ ކަމަށް ވިދާޅުވުމަށްފަހު ފައްޔާޒާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ 35 މެމްބަރެއްގެ ސޮއި ހޯއްދަވަން ރައީސް ނަޝީދު ވަނީ މަސައްކަތް ފަށްޓަވާފައެވެ.
ރައީސް ނަޝީދު ބޭނުންފުޅުވަނީ 35 ސޮއި ހަމަކުރައްވައިގެން އެމައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅުއްވަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން ސަރުކާރަކީ އޭގެ ޒާތުގައިވެސް އަނިޔާވެރި އެއްޗެއްކަމަށް އިބްރާ ވިދާޅުވެފައި ވާއިރު އިބްރާ ގެންދަވަނީ މަންދު ކޮލެޖް ހިންގަން ދޫކުރި އެމްއީއެސް ޢިމާރާތް އޭނާ އަތުން އަތުލި މައްސަލާގައި ބޮޑު ބަދަލެއް ދަޢުލަތުން ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އެކަމާގުޅިގެން މި ސަރުކާރުގެ އިސް ބޭފުޅުންނާ އޭނާއާއި ދެމެދު މީގެ ކުރިންވެސް ބަހުގެ ޙަމަލާތައްވެސް ބަދަލުކުރެވިފައިވެއެވެ.
މީގެ ކުރިން އިބްރާ ވިދާޅުވީ "ސަރުކާރުގެ އިދާރާއަކުން ވެސް، ޝަރީއަތަކުން ވެސް މަގެއް ނުފެނޭ،" ކަމަށާއި، އެއް ބަޔަކު އުޅެނީ އިންސާފު ހޯދަން އުޅުމަކީ ވެސް ކުށެއް ކަމުގައި ހެދުމަށް ކަމަށެވެ.
މަންދު ކޮލެޖް ހިންގަން 2008 ގައި އެމްއީއެސްގެ އިމާރާތް ދޫކުރީ 10 އަހަރަށެވެ. އެކަމަކު އެ މުއްދަތު ހަމަނުވަނީސް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ 2015 ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އިމާރާތް އަތުލައިފަ އެވެ. އެ މިނިސްޓްރީން އޭރު ބުނެފައި ވަނީ އިމާރާތް އަތުލީ 2008 ވަނަ އަހަރުން ފެށިގެން އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކަން ނުކުރުމުން ކަމަށެވެ. އިބްރާ މަސައްކަތް ކުރަށްވަނީ މިކަމާ ގުޅިގެން ދަޢުލަތުން 200 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

Sarukaarakee eyge zaathugai rayyithunge machchah abadhuves aniyaaverivaane echchehkan qaboolu kuraasheve! E ee vaki meehaku vaki maqaameggai hurumakun badhalu vaaney kameh nooneve.
— Ibra - Unapologetically for Justice (@ibramandhu) September 7, 2020
Dhaulathuge baaruthah kudakuran jehenee ehenvegeneve.
ވަކި މީހަކު ވަކި މަޤާމެއްގައި ހުރުމުން ސަރުކާރުގެ އަނިޔާވެރިކަން ކުޑަ ނުވާނެ ކަމަށް އިބްރާ ވިދާޅުވެފައިވާއިރު އިބްރާގެ ކޮއްކޮ ފައްޔާޒް އިސްމާޢީލް އިޤްތިޞާދީ ވަޒީރު ކަމުން ވަކި ކުރުމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ އެކިގޮތްގޮތުން މަސައްކަތް ކުރަށްވަމުންނެވެ. އެގޮތުން ފައްޔާޒަށް "ބްރޯ" އަކަށް ވެގެން ޕާޓީގެ ތެރޭގައި ނޫޅުއްވޭނެ ކަމަށް ވިދާޅުވުމަށްފަހު ފައްޔާޒާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ 35 މެމްބަރެއްގެ ސޮއި ހޯއްދަވަން ރައީސް ނަޝީދު ވަނީ މަސައްކަތް ފަށްޓަވާފައެވެ.
ރައީސް ނަޝީދު ބޭނުންފުޅުވަނީ 35 ސޮއި ހަމަކުރައްވައިގެން އެމައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅުއްވަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން ސަރުކާރަކީ އޭގެ ޒާތުގައިވެސް އަނިޔާވެރި އެއްޗެއްކަމަށް އިބްރާ ވިދާޅުވެފައި ވާއިރު އިބްރާ ގެންދަވަނީ މަންދު ކޮލެޖް ހިންގަން ދޫކުރި އެމްއީއެސް ޢިމާރާތް އޭނާ އަތުން އަތުލި މައްސަލާގައި ބޮޑު ބަދަލެއް ދަޢުލަތުން ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އެކަމާގުޅިގެން މި ސަރުކާރުގެ އިސް ބޭފުޅުންނާ އޭނާއާއި ދެމެދު މީގެ ކުރިންވެސް ބަހުގެ ޙަމަލާތައްވެސް ބަދަލުކުރެވިފައިވެއެވެ.
މީގެ ކުރިން އިބްރާ ވިދާޅުވީ "ސަރުކާރުގެ އިދާރާއަކުން ވެސް، ޝަރީއަތަކުން ވެސް މަގެއް ނުފެނޭ،" ކަމަށާއި، އެއް ބަޔަކު އުޅެނީ އިންސާފު ހޯދަން އުޅުމަކީ ވެސް ކުށެއް ކަމުގައި ހެދުމަށް ކަމަށެވެ.
މަންދު ކޮލެޖް ހިންގަން 2008 ގައި އެމްއީއެސްގެ އިމާރާތް ދޫކުރީ 10 އަހަރަށެވެ. އެކަމަކު އެ މުއްދަތު ހަމަނުވަނީސް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ 2015 ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އިމާރާތް އަތުލައިފަ އެވެ. އެ މިނިސްޓްރީން އޭރު ބުނެފައި ވަނީ އިމާރާތް އަތުލީ 2008 ވަނަ އަހަރުން ފެށިގެން އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކަން ނުކުރުމުން ކަމަށެވެ. އިބްރާ މަސައްކަތް ކުރަށްވަނީ މިކަމާ ގުޅިގެން ދަޢުލަތުން 200 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު