ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.
ރައީސް އަބްދުއްރަހީމް މިކަމަށް ގޮވާލެއްވީ އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 150 ވަނަ އެސެމްބްލީގައި ދެއްވި ތަގުރީރުގައެވެ.
އަބްދުއްރަހީމް ވިދާޅުވީ ގާޒާގައި ހިނގަމުންދާ ހަމަނުޖެހުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ޙާލަތާމެދު ރާއްޖެއިން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ.
އައި.ޕީ.ޔޫ.ގެ މިފަހަރުގެ އެސެމްބްލީގެ މައުޟޫޢަކީ "އިޖްތިމާޢީ ތަރައްޤީއާއި އިންސާފަށް ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު" އެވެ. މި މައުޟޫއަށް މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަމުން ވަނީ ޤާނޫނު ހެދުމާއި، ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ބެލުމާއި އަދި ސިޔާސީ އިޚުތިޔާރުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުގެ ދައުރާ ބެހޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
ރައީސް ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ޖެންޑަރ އިކުއަލިޓީ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤާނޫނު ހިމެނޭ ގޮތަށް އިޖުތިމާޢީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ޤާނޫނުތައް ފާހަގަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު