މޯލްޑިވްސް އިމިގްރޭޝަން ރަސްމީ މަސައްކަތުގެ ގަޑިއަށް ބަދަލު ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އިމިގްރޭޝަނުން މިރޭ ބުނީ، އެ އިދާރާގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމަށްވާ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މާދަމާ އިން ފެށިގެން ބަދަލުކުރެވިފައިވާ ކަމަށެވެ.
މީގެ ކުރިން އެ އިދާރާގެ މަސައްކަތުގެ ގަޑިއަކީ ހެނދުނު 8:00 އިން 4:00 އެެވެ.
އިމިގްރޭޝަނުން ބުނީ، ރަސްމީ މަސައްކަތުގެ ގަޑިއަށް ނަމަވެސް، އިދާރާއިން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް މިހާރުވެސް ދެމުންދާ ގަޑިތަކުގައި، އާންމުންނަށް ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު