ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް
ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް
ހާމަކަމާއެކު މުއާމަލާތްތައް ކުރިއަށް ގެންދެވިއްޖެނަމަ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއަށް ގުޅިގެން މަސައްކަތް ކުރެވިދާނެކަމަށް އެމްޑީޕީ ސަރުކާުރުގެ ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މުސްތަގުބަލަށް މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުންކަމަށް ކުރީގެ ރައީސް އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން އެކަމާމެދު އެމްޑީޕީގެ ލީޑަރޝިޕާއި އާންމު މެންބަރުންގެ މެދުގައި ދަނީ ބަހުސްތައް ކުރެވެމުންނެވެ. އެގޮތުން ބައެއް ބޭފުޅުން ރައީސް ނަޝީދުގެ އެ ވާހަކައަށް ތާއީދު ކުރައްވާއިރު އަނެއްބައި ބޭފުޅުން ވިދާޅުވަމުންދަނީ އެއީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް ރާއްވަވާ ރޭއްވެވުމެއްކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ދުވަސްވަރު އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރެއްވި އަސްލަމް މިކަމާ ގުޅޭގޮތުން އެކްސްގައި ވިދާޅުވީ، އެކުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، ހާމަކަން ބޮޑު ގޮތެއްގައި މުއާމަލާތް ކުރެވިއްޖެ ނަމަ، ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އަދި ވިދާޅުވީ ދެ ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންނަށް ވެސް އެންމެ ފައިދާކުރާނީ ހާމަކަން ބޮޑު ގޮތެއްގައި އެ މަސައްކަތް ކުރިޔަށް ގެންގޮސްގެން ކަމަށެވެ. އަދި އޭގެ ބޭނުމަކީ އިތުބާރު ދަމަހައްޓަައި، އެކަމުން ލިބޭނީ ކުރިއެރުންކަން ޔަގީން ކުރުންކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވާއިރު، އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވެސް ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅަށް ތާއީދު ކުރައްވާފައެވެ. ނަމަވެސް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދުމެންފަދަ ބޭފުޅުން އަދި މިކަމުގައި އެއްޗެއް ވިދާޅެއް ނުވެއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުގެ ދުވަސްވަރު ރައީސް ނަޝީދާއި ރައީސް ޞާލިޙާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ހައްލުނުވެ ނަޝީދުގެ މުޅި ސިޔާސީ ހަޔާތް އެމައްޗަށް ބިނާވެފައި އޮތް އެމްޑީޕީ ވެސް ދޫކޮށްލެއްވިއެވެ. އަދި އެ ޕާޓީ ރޫޅާލާނެކަމަށް ފާޅުގައި ވިދާޅުވެ އިތުރު ޕާޓީއެއް އުފައްދަވައި ރިޔާސީ އިންތިހާބުން ވެސް އެމްޑީޕީ ފެއިލް ކޮށްލުމުގައި ހާމަކަން ބޮޑުގޮތެއްގައި މަސައްކަތް ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން