ނުދައްކާ ހުރި ބިދޭސީންގެ ފީތަކުގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ދައްކައިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ހޯމް މިނިސްޓްރީން ބުނި ގޮތުގައި ބިދޭސީންނާ ގުޅޭ އެކި ފީތަކުގެ ތެރެއިން ނުދައްކަ ފައިސާގެ އަދަދު 1.7 ބިލިއަން ރުފިޔާއަށް އަރައެވެ.
އެހެންވެ އެ ފައިސާ ދެއްކުމަށް މުއްދަތެއްދީ އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ހިދުމަތްތައް ކަނޑާލާނެކަމަށް ވެސް އޭރު ހޯމް މިނިސްޓްރީން ބުންޏެވެ.
ރޭ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ވިދާޅުވީ ކުރިން ނުދައްކާ ހުރި ބިދޭސީންނާ ގުޅޭ ފީތަކުގެ ބޮޑުބައި މިހާރު ދައްކައި ނިންމާފައިވާ ކަމަށެވެ.
"ރިކަވާކޮށްފައި މިއޮތް 99 އިންސައްތަ މި ހޯދިފައިވަނީ މި ސަރުކާރުގަ. މާނައަކީ 1.6 ބިލިއަން ރުފިޔާ މި ސަރުކާރުގެ ތެރޭގައި ހޯދިފައި މިވަނީ." މަޖީދު ވިދާޅުވި އެވެ.
ލިބެން ޖެހޭ ފައިސާގެ ބޮޑު އަދަދެއް ހޯދުނު ނަމަވެސް އަދިވެސް 900 އެއްހާ މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސާ ނުދައްކާ ފަރާޔްތަކުން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ އޮކްޓޫބަރާ ހަމައަށް އޮތީ ދީފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރާނެ ކަމަށް ވެސް މަޖީދު ރޭ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު