ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މާރިޗް މަހު އެކަނިވެސް 123،000 ރުފިޔާގެ ޖޫރިމަނާކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ހިދުމަތުން ބުނީ ނިމިދިޔަ މާރިޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް 27 މީހެއް ޖުމްލަ 123،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ޖޫރިމަނާކުރި މީހުންގެ ތެރެއިން ވޭޕް ބޭނުންކުރުމުން ޖޫރިމަނާކުރި އަދަދަކީ 82،000 ރުފިޔާ ކަމަށާއި ވޭޕް ގެންގުޅުމުން ޖޫރިމަނާ ކުރި އަދަދަކީ 41،000 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި ވޭޕާއި ސިނގެރޭޓާއި ދުންތަފާއި ގުޅުންހުރި ބާވަތްތައް އެތެރެކޮށް ވިޔަފާރިކޮށްގެން ހަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވައިފައެވެ.
ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ބޭނުން ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު