މޯލްޑިވްސް ގޭސްގެ އެމްޑީ އަބްދުﷲ މުހައްމަދު--
މޯލްޑިވްސް ގޭސްގެ އެމްޑީ އަބްދުﷲ މުހައްމަދު--
މޯލްޑިވްސްް ގޭސް ކުންނިން ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ މައްސަލަ ފެންމަތިވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް އެކަން ހާމަ ކުރެއްވުމުން ނެވެ.

ނާޒިމް ވިދާޅުވީ ޝިޕްމަންޓަށް ދެއްކި ފައިސާ ހޯދަން ކުރި މަސައްކަތުން ވެސް އެއްވެސް ކާމިޔާބީއެއް ނުލިބުނު ކަމަށެވެ.

"ޕީސީބީން ޕްރޮކިއުމަންޓް ޕޮލިސީޢާ އެއްޗެހި ވަކި ގޮތަކަށް ހަމަޖައްސާފައި އޮއްވާ އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް އެޑްވާންސަށް ލާރިދީ އެ ފައިސާ ގެއްލުނީމާ އެއީ ވަރަށް ބޮޑު މައްސަލައެއް." ނާޒިމް ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ގެންދަން ޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މޯލްޑިވް ގޭސް ކުންނިން އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި އަދަދެއް ސާފެއް ނުވެއެވެ.

އެކަމާ ގުޅޭ ގޮތުން މޯލްޑިވް ގޭހުގެ އިސް ބޭފުޅުންނަށް "ރަސް"އިން ގުޅުމުން ފޯނު ނުނަންގަވާތީ އެކުންފުނީގެ ބަހެއް ވެސް ނުލިބެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން