އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނުފޫޒު ފޯރުވާކަމަށްބުނެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައީލް އަޙްމަދު ނަސީމް ވާހަކަ ދައްކަވާފައިވާތީ އެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ އިބްރާހީމް ފަލާޙް ރައްދުދެއްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ނުވާތީ މީކާއީލް ވަނީ މި ފެންނަނީ "ރައްޔިތުންގެ މަޖިލީހަކީ މުލީއާގޭ ކައުންޓަރަކަށް ބަދަލުވީމާވާ ގޮތް" ކަމަށާއި "ވަޒީރުން ހާޒިރުކުރުމުގެ ނޯޓިސްތައް ފުނިޖެހިފައި އޮއްވާ، ސަބަބެއް ނާންގާ ޖަލްސާ ނުބާއްވަނީ ސީދާ މުއިއްޒުގެ އަމުރަށް" ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

މީކާއީލް އެހެން ވިދާޅުވުމުން ރައްދުގައި ފަލާޙް މިއަދު އެކްސްގައި ވަނީ މަޖިލީހުގެ ޖަލްސާތައް ނުބާއްވަން ރައީސް އަމުރުކުރަންވީ ކޮން ސަބަބަކާއި ހުރެތޯ ސުވާލުކުރައްވާފައެވެ. އަދި މަޖިލީހަކީ ތަޅުމުގައި އެކަނި މަސައްކަތްކުރާ ތަނެއް ނޫންކަން މީކާއިލަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެގޮތުން އިއްޔެ އާއި މިއަދު ވެސް ކޮމިޓީތަކުގައި އެތައް މަސައްކަތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

އަދި ފަލާހު ވަނީ ކުރީގެ ރައީސުން މަޖިލީހަށް ނުފޫޒު ފޯރުވި ގޮތަށް ރައީސް މުއިއްޒު އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

މަޖިލީހުގެ ޖަލްސާތައް މަދުވެގެން ހަފްތާއަކު ތިން ދުވަހު ބާއްވަން ޖެހޭއިރު މި ހަފްތާގައި އަދި ބާއްވާފައިވަނީ އެންމެ ޖަލްސާއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން