މޯލްޑިވްެ ގޭސް - ލުއިފުޅި ތަޢާރަފްކުރުން
މޯލްޑިވްެ ގޭސް - ލުއިފުޅި ތަޢާރަފްކުރުން
މޯލްޑިވްސްް ގޭސް ކުންފުނިން ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާތަކެއް ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަން ފަށައިފިއެވެ.

މޯލްޑިވް ގޭހުގެ ފަރާތުން ގޭސް ގަތުމަށް ބޭރުގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ ނުލިބި ގޭސް ޝިޕްމަންޓް "ގެއްލުނު" މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަމާލުކަމަށް ގެންނެވީ މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ގޭހުން ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދުބާއީގެ ކުންފުންޏަކަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އޭސީސީން މިހާރު ވަނީ ތަހުގީގުކުރަން ފަށައިފައެވެ.

މިމައްސަލަ ފެންމަތިވުމާއެކު އެސްޓީއޯއިން މިހާރު ވަނީ ގޭސް ގަތުމަށް ފައިސާ ދެއްކުމުގެ ކަންކަން ސީދާ އެސްޓީއޯއިން ކުރިއަށް ގެންދަން ނިންމާފައެވެ.

މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ މިހާރު އެސްޓީއޯއިން ވަނީ މޯލްޑިވްސް ގޭހުގެ އަތުން ގޭސް ގަތުމާ ގުޅޭ އެންމެހައި މަސްއޫލިއްޔަތުތަކާއި އިޚްތިޔާރުތައް އަތުލައިފައި ކަމަށެވެ. އަދި އެ ނިންމުން ނިންމާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދުބާއީގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ދެއްކިނަމަވެސް ގޭސް ޝިޕްމަންޓް ނުލިބި، އެފައިސާ ގެއްލުނު މައްސަލައާ ގުޅިގެންކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުބާއީގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ގޭހުގެ ޝިޕްމެންޓުގެ 30 ޕަސެންޓަށްވާ ފައިސާ މޯލްޑިވްސް ގޭހުން ދީފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެ ފައިސާ އަނބުރާ ހޯދިފައިނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ގެއްލުނު ފައިސާ އަނބުރާ ހޯދިފައި ނުވި ނަމަވެސް، މޯލްޑިވްސް ގޭހުގެ ފައިސާއާއި ގުޅޭ އެ މައްސަލަތަކުގައި އެ ކުންފުނީގެ އިސްވެރިންގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށެވެ.

މޯލްޑިވްސް ގޭހަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން