އައްޑޫ ސިޓީގެ ހަންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާތީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުވައިފިއެވެ.
އެ ސިޓީގައި އަޒާން ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވާތީ އެކަމާ ގުޅިގެން އައްޑޫގެ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ.
އެގޮތުން އޭނާ ވިދާޅުވީ 3 ވަނަ އަހަރު އެމްއެފްއެމްސީއާއި ހަންކެޑެގެ މަސައްކަތް ހަވާލުކުރުމަށްފަހު، މި ސަރުކާރުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15ގައި ބަޑިބޭހުގެ ކުޅިވަރުތަކާއެކު އެ މަޝްރޫއު އިފްތިތާހު ކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ.
ނަމަވެސް އެ ރަސްމިއްޔާތު ބޭއްވިތާ އަހަރެއްހާ ދުވަސް ފާއިތުވެ ދިޔައިރު ހަންކެޑެ ސަރަހައްދުގައި ހުރި ބައެއް ރުއްގަސްތައް ނެގުން ފިޔަވާ މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަޒާން ވިދާޅުވީ ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބުތައް އައްޑޫގެ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭ ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް (އެސްއޯއީ) ކޮމިޓީއަށް، އެމްއެފްއެމްސީގެ އިސްވެރިން ހާޒިރުކޮށް އެ މައުލޫމާތު ސާފުކޮށްދެއްވައި، އެ މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް މަޖިލިސް ރައީސްގެ ކިބައިން އަޒާން ވަނީ އެދިވަޑައިގެންފައެވެ.
މި މަޝްރޫއަކީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ އާއެވެ.

އައްޑޫ ސިޓީގެ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވުމަކީ އައްޑޫ ސިޓީގެ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެއް. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބު ސާފުކުރުމަށް ހުށަހަޅައިފިން. އުންމީދަކީ، މި މަޝްރޫއު ވީ އެންމެ އަވަހަކަށް ފެށި، އޭގެ ނަފާ އައްޑޫގެ… pic.twitter.com/DSYYXtcDrz
— Ahmed Azaan (@axanner) April 10, 2025
މި މަޝްރޫއަކީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ އާއެވެ.
ކިޔުންތެރިންގެ ހިޔާލު