ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކަށް 27 މިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން މިއަދު ބުނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާގެ ގޮތުގައި މި އަހަރު 27 މިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އީސީން ބުނީ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަވި ހުރިހާ ސިޔާސީ ޕާޓީތަކަށް 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ބެހުމަށް ނިންމާފައިވާ ކަމަށެވެ.
2025 ވަނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފައިސާ ބެހިފައިވާގޮތުގެ ތަފްސީލަށް ބަލާއިރު:
1. މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) - 8،454780.51 ރުފިޔާ
2. އަދާލަތު ޕާޓީ - 1،713،538.65 ރުފިޔާ
3. ޖުމްހޫރީ ޕާޓީ – 2،656،598.57 ރުފިޔާ
4. މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) – 1،769،648.69 ރުފިޔާ
5. ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) – 13،316،689.57 ރުފިޔާ
ޖުމްލަ ފަސް ސިޔާސީ ޕާޓީއަށް 27،911،256 ރުފިޔާ ދިނުމަށް އީސީން ވަނީ ނިންމާފައެވެ. އެމްޑީޕީ ފިޔަވާ ބާކީ ހުރި ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމާފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ނުލިބިހުރި 70 ހާސް ރުފިޔާ އުނިކުރުމަށްފަހު ކަމަށް އީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު