އެމްޑީޕީގެ އާދަޔާއި ހިލާފު ކޮންގްރެސްއެއް ބޭއްވުމަށްޓަކައި އެކަމަށް ހާއްސަ ކޮމެޓީއެއް ނަގައިގެން މަސައްކަތް ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފިއެވެ.

އެމްޑީޕީން މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 22 ވަނަ ބައްދަލުވުމުގައި ޖުމުލަ 81 މެންބަރުން ވަނީ ބައިވެރިވެފައެވެ.

މިރޭގެ ބައްދަލުވުމުގައި ވަނީ އާދަޔާއި ހިލާފު ކޮންގްރެސްއެއް ބޭއްވުމާ މެދު މަޝްވަރާތައް ކޮށްފައެވެ. އެގޮތުން މަޝްވަރާތަކަށްފަހު ނިންމީ އޮގަސްޓް 15 ވަނަ ދުވަހުގެ ކުރިން ކޮންގްރެސް އެއް ބޭއްވުމަށްޓަކައި އެކަމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާ، އެ ކޮމެޓީގެ ރިޕޯޓު މެއި 15 ވަނަ ދުވަހުގެ ކުރިން ގައުމީ މަޖިލީހަށް ހުށަހެޅުމަށެވެ.

އެގޮތަށް ކުރިއަށް ދިޔުމަށް ނިންމާފައިވަނީ 75 މެންބަރުންގެ ވޯޓާއި އެކުއެވެ.

އޭގެ އިތުރުން، ރެޕިޑް ރެސްޕޯންސް ޓީމެއް ނަގަންވެސް މިރޭގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އެމްޑީޕީން އާދަޔާ ހިލާފު ކޮންގްރެސްއެއް ބޭއްވުމަށް ނިންމާފައި މިވަނީ، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރާ ފަރާތްތަކުގެ ތެރޭގައި ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން