މުލީ ރަންވޭ
މުލީ ރަންވޭ
މ. މުލީ އެއާޕޯޓަށް މި އޭޕްރީލް މަހު 25 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.

އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ރާއްޖޭގެ އޮންލައިން މީޑިއާއަކަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މުލީ އެއާޕޯޓްގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، މިމަހުގެ 25 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަމައެއާއެކު މުބީން ވިދާޅުވީ އެއަރޕޯޓުގެ ސަލާމަތީ ކަންކަން އިންސްޕެކްޓް ކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އާއި ސިވިލް އެވިއޭޝަން އޮތޯރިޓީގެ ޓީމުތައް މިހަފްތާގެ ތެރޭގައި މުއްޔަށް ދާނެ ކަމަށެވެ.

އޭގެއިތުރުން މުބީން އިތުރަށް ވިދާޅުވީ، މުލީ އެއަރޕޯޓުގެ ފަޔަރ ޓްރަކް މިހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް ކޮންޓްރެކްޓަރު މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގައި 2021 ވަނަ އަހަރު ޢަމަލީ މަސައްކަތް ފެށި މުލީ އެއަރޕޯޓުގެ ރަންވޭއަކީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ.

އެމްޓީސީސީން ކުރިޔަށް ގެންދިޔަ މި މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތުން ހޭދަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން