ދައުލަތުގެ ބައެއް މުއައްސަސާތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު އިހުމާލުވާކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލައިގައި އޭނާ ވިދާޅުވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ޚާއްސަ ރައްކާތެރިކަމާއި، މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އެންސްޕާއާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން އަދާނުކުރުމުން އެ ކުދިންގެ އާއިލާތަކުން އަމިއްލައަށް އެ ފައިސާ ހަރަދު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ތެރަޕީ ސެންޓަރުގައި ކިއު ދިގުވުމާއި، ތެރަޕީގެ އަގު ބޮޑުވުން ފަދަ ކަންކަންވެސް މައްސަލައިގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އެކަށީގެންވާ އަދަދަށް ތެރަޕިސްޓުން ނެތުމުން އެ ކުދިންނަށް ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމު ވެގެންދާ ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކިއެކި އާލާތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ލިބެން ނުހުންނަ ކަމަށްވެސް މަޖިލީހަށް ހުށަހެޅި މައްސަލާގައި ފާހަގަ ކޮށްފައި ވެއެވެ.
މި މައްސަލަ ހުށަހަޅަމުން ކުޑޫ ވިދާޅުވީ މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކުން ކުރާ ޝަކުވާތަކެއް ކަމަށެވެ. އަދި މިފަދަ މައްސަލަތަކަށް ހައްލު ނުލިބުމުގެ ސަބަބުން އެފަދަ މީހުންގެ ދިރިއުޅުމުގެ ހާލަތު ދައްވެފައިވާ ކަމަށް ކުޑޫ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެ އާއިލާތަކަށް ސިއްހީ ގޮތުންނާއި، ނަފުސާނީ އަދި ޖިސްމާނީ ގޮތުން އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
އަދި މި މައްސަލަ ހުށަހެޅީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ނައްތާލުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މުޖުތަމައުގެ ޚާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެކަށީގެންވާ ހިދުމަތްތަކާއި އެހީތެރިކަން ލިބުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށްވެސް ކުޑޫ ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު