ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން
ތިން ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައަޅުއްވައިފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރާއްޖެއިން ތިން ގައުމަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުންގެ ނަންފުޅުތައް އިއްވަވާފައެވެ.

އެގޮތުން ސްވިޑަންއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޖަރުމަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރު އައްޔަން ކުރެއްވުމަށް ރައީސް ވަނީ ހުށައަޅުއްވާފައެވެ.

އަދި ސީޝެލްސްއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުގެ ނަންފުޅު ހުށައަޅުއްވާފައިވެއެވެ.

އޭގެއިތުރުން އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އައްޔަންކުރެއްވުމަށްވެސް ރައީސް ވަނީ ހުށައަޅުއްވާފައެވެ.

އެހެންކަމުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ނަންފުޅުތައް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން