މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށްދަނީ
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށްދަނީ
ޑުއަލް ސިޓިޒަންޝިޕް އޮންނަ ޒަޔަނިސްޓުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށް ޤާނޫނު އިސްލާޙް ކުރުމަށް އިމިގްރޭޝަނުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަށް ހުށައަޅައިފިއެވެ.

އިމިގްރޭޝަނުން މިގޮތަށް ހުށައަޅާފައިވަނީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި އިޒްރޭލުގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިސްލާޙް ކުރުމަށް ހުށައަޅާފައިވާތީއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙަށް ބަދަލު ގެނައުމަށް އިމިގްރޭޝަނުން މިއަދު ހުށައެޅި އިސްލާޙުގައި އޮތީ ރާއްޖެ އައުމަށް އެދި ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅާ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ބިލު އިސްލާހުކުރުމަށެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ގާނޫނަށް އިސްލާހު ގެންނަން މީކާއިލް ހުށައަޅުއްވާފައިވާ ގޮތަށް އެކަން ތަންފީޒު ކުރުމަކީ ދަތިކަމެއް ކަމަށެވެ. އެގޮތުން ރާއްޖެ އަންނަ އެއްވެސް މީހަކީ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހެއްކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އެހެންކަމުން އިމިގްރޭޝަނުން ބޭނުންވަނީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ރާއްޖޭގެ ބޯޑަރ ބަންދު ކުރުމަށެވެ.

މީކާއީލްގެ އިސްލާޙް މިހާރު އޮތް ގޮތުންނަމަ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ އެތެރެ ނުވެވޭނެއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މިއަދު ވަނީ މި ބިލު އިތުރަށް ދިރާސާކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ މިއަދު ބައްދަލުކުރުމަށް ނިންމާފައެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާއިރު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން ސިޔާސީ ޚިޔާލު ތަފާތުވުންތަކަށް ބެލުމެއްނެތި މަޖިލިސް ތެރެއިން އަވަހަށް ކުރާނެ ކަމަށް ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށައެޅުއްވި އިސްލާހު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮންނަތާ 8 މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން