ސައުދީ ފަންޑުގެ އެހީގައި 400 ޔުނިޓުގެ ހައުސިން މަޝްރޫއު އިފްތިތާހުކުރުން
ސައުދީ ފަންޑުގެ އެހީގައި 400 ޔުނިޓުގެ ހައުސިން މަޝްރޫއު އިފްތިތާހުކުރުން
ސައުދީ ފަންޑު ފޯ ޑިވޮލޮޕްމަންޓްގެ އެހީގައި ކުރިއަށް ގެންދާ 400 ޔުނިޓުގެ ހައުސިން މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާޙްކޮށްދެއްވީ ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް-މަރްޝަދު އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.

މިއީ ސައުދީ ފަންޑުން ދޭ 25 މިލިއަން ޑޮލަރުގެ ލޯނުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، 400 ސޯޝަލް ހައުސިންގ ޔުނިޓު އިމާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓަކީ 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައިވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން