ނުހައްގުން ހޯދާ ފައިސާއިން ހުޅުމާލެއިން ބިމާއި ފުލެޓް ގަންނަކަމުގެ ހެކި އެބަހުރިކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމެޓިގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ހިޔާނާތުގެ މައްސަލަތައް ދިރާސާ ކުރުމުގެ ތެރެއިން އެކަން ވަރަށްބޮޑަށް ފާހަގަވާ ކަމަށާއި އެކަން ހުއްޓުވަން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.
އެގޮތުން، އެސެޓް ރިކަވަރީ ބިލެއް ފާސްވެގެން ދިޔުމަކީ އެކަމަށް އެންމެ މުހިންމުކަންތައް ކަމަށާއި އެފަދަ ބިލެއް މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަނައިބަށް މިހާރު އަންގާފައިވާނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މެއި 15 ގެ ކުރިން މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ވުޖޫދަށް ގެނެވިއްޖެ ނަމަ ސަރުކާރުގެ އިދާރާތަކުން ނުހައްގުން ހޯދާފައިވާ ފައިސާއަށް އުފަންކޮށްފައި ހުރި އެސެޓްތައް ހޯދަން މަގުފަހިވެގެން ދާނެކަމަށެވެ.
އެފަދަ ހިޔާނާތްތައް ވަރަށް ބޮޑަށް ފާހަގަވާކަމަށް ވިދާޅުވަމުން ނާޒިމް ވިދާޅުވީ، ޕޮލްކޯ ފުލެޓުތަކުގެ މައްސަލާގައި ވެސް އެފަދަކަމެއް ފާހަގަވިކަމަށެވެ. އެގޮތުން ޕޮލްކޯގެ ހިޔާނާތުގެ ފައިސާ ނަގައިގެންގޮސް، އެތަނުގެ އެއް ޑިރެކްޓަރަކު ހަމަ އެ ދުވަސްވަރު ހުޅުމާލެއިން އެއް މިލިއަން ޑޮލަރަށް ބިމެއް ގަނެފައިވާކަން އެނގެން އެބައޮތްކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭގެ އިތުރުން އިންޑިއާގެ ރެނާޓަސް ކުންފުނިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފުލެޓުން ގިނަ ފުލެޓްތަކެއް ވެސް އެގޮތަށް ބަޔަކު ގަނެފައިވާކަމުގެ ހެކި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު