މާލޭގެ ފިހާރައެއްގައި ގަވައިދާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، ރޭ މާލޭގައި ހިންގަމުންދާ ފިހާރައެއް ބަލައި ފާސްކުރި ކަމަށެވެ. އަދި އެ އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައި ވެސް ދަނީ ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ ގިނަ ބަޔަކު މިހާރު ވަނީ ޑީޕޯޓްވެސް ކޮށްފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ މައުލޫމާތު ބައޯމެޓްރިކަލީ ކަށަވަރުކުރުމަށްޓަކައި ބަޔޯމެޓްރިކް ޑޭޓާ ނަގަން ބޮޑު އޮޕަރޭޝަނެއް ވެސް އިމިގްޜޭޝަނުން މިހާރު ވަނީ ފަށާފައެވެ.
ދިވެހިންގެ ވިޔާފާރި ދިވެހީންގެ އަތްމައްޗަށް ގެނައުމަށާއި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންގެ ފަރާތުން ބޮޑުތަރުހީބެއް ލިބެމުންދާކަން ހޯމް މިނިސްޓްރީން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު