ގއ. ދެއްވަދޫ ދޭލިޔާގޭ، މުހައްމަދު އަނަސް
ގއ. ދެއްވަދޫ ދޭލިޔާގޭ، މުހައްމަދު އަނަސް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ރައީސް ކަމަށް އައްޔަނުކުރެއްވި ގއ. ދެއްވަދޫ ދޭލިޔާގޭ، މުހައްމަދު އަނަސްއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީސީބީގެ ރައީސްގެ މަޤާމަށް އަނަސް އައްޔަނުކުރެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.

އަނަސްއަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އަނަސް މީގެ ކުރިން އަދާކުރަށްވާފައިވާ މަގާމުތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި އެޗްޑީސީގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުކަމުގެ މަގާމު ވެސް ހިމެނެއެވެ.

އަނަސް ވަނީ މާސްޓާސްއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންވެސް ހާސިލުކުރައްވައިފަ އެވެ.

ޕީސީބީގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް ފެބްރުއަރީ 13، ގައި އެ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން