މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކޮޓަރިއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ރޭ ދަންވަރު ދޭއް ޖެހިއިރު ރޯވީ ހެންވޭރު ޝީރީން ވިލާގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް ރޭ 2:18ގައި އަލިފާން އެއްކޮށް ނިއްވާލިކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގީ ގޮދަޑިއެއްގައި އަލިފާން ރޯވެގެން ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުލިބޭ ކަމަށެވެ.
އެމްއެންޑީއެފުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުން އަލިފާނުގައި ކޮޓަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު