ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން
ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭ ހިންގަމުންދާ އިމާރާތް ވަރަށް ބޮޑަށް ބާވެފައިވާ ކަމަށާއި އެކަމަށް ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން އިއްޔެ ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ އެންޑީއޭގެ މަސައްކަތްތައް ހިނގަމުންދާ ގްރީންގެ އިމާރާތަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ގްރީންގެ އިމާރާތް ހުރީ ވަރަށް ބޮޑަށް ފަނާވެފައި ކަމަށާއި އެ އިމާރާތަކީ މަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ އިމާރާތެއް ނޫން ކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑް ދަށްކުރުމަކީ އެންޑީއޭއިން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއްކަމަށާއި އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ރަނގަޅު އިމާރާތެއްވެސް ހުރެގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

“އިންފްރާސްޓްރަކްޗަރ މި އޮތީ ވަރަށް ދަތި ހާލަތެއްގައި. މި އަހަރުގެ އެންމެ ބޮޑު ޓާގެޓަކީ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ކުރުން. އެކަމަށް މަސައްކަތްތަކެއްވެސް ކުރިއަށް އެބަދޭ. އެގޮތުން ނ. ވެލިދޫ އާއި ލ. އަތޮޅާއި އަދި ތުލުސްދޫގައި އަޅުގަނޑުމެން މިދަނީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް އަޅަމުން.” ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މީގެއިތުރުން މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު ކުޑަކޮށް، ބާއްޖަވެރި މުޖުތަމަޢަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެންޑީއޭގެ މުވައްޒަފުން އަދާކުރަށްވާ ދައުރު ފާހަގަކުރައްވައި ވަޒީރު ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން