ޓުވިޓާގައި ކާކުކަން ނޭނގޭގޮތަށް "ހަސަން ކުރުސީ"ގެ ނަމުގައި އެކައުންޓް ހިންގަނީ ކާކުކަން އެނގޭ ކަމަށް ރަޝިއާއިން ބުނެފި އެވެ.
އެމެރިިކާއާ ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ކޮމްޕިއުޓަރު ޗިޕުސެޓުތައް ރާއްޖެ މެދުވެރިކޮށް ވަގަށް ރަޝިއާއަށް އެތެރެކުރާ ކަމަށް ބުނެ ހަަސަން ކުރުސީ ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. އަދި އެ މައްސަލަ އެމެރިކާއިން ބަލަންވެސް ކުރުސީގެ ޕޯސްޓުގައި ގޮވާލައިފައި ވެއެވެ.
ރާއްޖެއާއި ލަންކާއަށް ރަޝިއާއިން ކަނޑަައަޅާފައި ހުންނަވާ ސަފީރު ލީވާން ދަގަރިޔާން ވަނީ ކުރުސީއަށް ރައްދު ދެއްވައި ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ.
ސަފީރު ވިދާޅުވީ ކުރުސީ ހިންގާ "މާސްޓާ މައިންޑް" އެނގޭ ކަމަށެވެ. އަދި އެ އެކައުންޓް ހިންގަނީ ކުރިން ރާއްޖޭގެ ސިޔާސީ އިސްމަގާމެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އޭނާ މިހާރު ރާއްޖެއިން ފިލަވައިގެން އުޅެނީ ޔޫރަޕްގައި ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޔުކްރޭންގެ ހަނގުރާމައާ ގުޅިގެން އެމެރިކާއާ ރަޝިއާއާ ދެމެދު ވާހަކަތައް ބާއްވައި މައްސަލަ ހައްލުކުރަމުންދާއިރު އެފަދަ ޕޯސްޓުތައް ނުކުރަން ވެސް ސަފީރު އިލްތިމާސް ކުރެއްވި އެވެ. އަދި ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ކަނޑާލަން މަސައްކަތް ނުކުރަން ވެސް ސަފީރު ގޮވާލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު