ހުޅުމާލޭގެ ފޭސް ދޭއްގައި ހެޔޮ އެދޭ އަމިއްލަ ފަރާތަކުން މިސްކިތެއް އަޅައިދޭން ނިންމައިފި އެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީއާއެކު މިނިސްޓްރީން ވަނީ ސޮއިވެސްކޮށްފަ އެވެ.
މިސްކިތް އަޅައިދެނީ ކޮން ފަރާތަކުން ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މަސައްކަތުގެ ކޮންޓްރެކްޓަރު ހަމަޖައްސާނީ ވެސް އެ މިސްކިތް އަޅައިދޭ އަމިއްލަ ފަރާތުން ކަމަށެވެ.
އެ މިސްކިތް އަޅަން ނިންމާފައި ވަނީ 18720.79 އަކަފޫޓުގެ ބިމެއްގަ އެވެ. އެ މިސްކިތުގައި 3000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ،
"މި މިސްކިތް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، މިސްކިތް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށް." އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރު ނިމޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު