ދުވަސްތަކަކަަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުުކުރައްވަން ނިންމަވައިފި އެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ނޫސްވެރިންނާ ބަައްދަލުކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކަންޏެވެ.
"ރައްޔިތުންނާއެކު" ނަމުގައި ކުރިއަށް ގެންދާ "ޕޮޑްކާސްޓު"ގެ ތިންވަނަ އެޕިސޯޑުގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
އަދި ޕްރެސް ކޮންފަރެންސަށް ނޫސްވެރިން މިހާރުވެސް ސުވާލުތައް ތައްޔާރުކުުރަން ފެށުމަށް ރައީސް އެދިވަޑައިގެންނެވި އެެވެ.
ރައީސް އިތުރަށް ވިދާޅުވީ ޓީވީ ސްޓޭޝަނަކުން ދައުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
ރައީސް ވިދާޅިުވީ ހުރިހާވެސް އަމާޒަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި، އެހެންކަމުން ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، މައުލޫމާތު ހިއްސާ ކުރެއްވުމާ ގުޅުން ހުރި ކަންކަމަށް ވަގުތު ހުސްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ސީދާ ނޫސްވެރިންނަށްވެސް ވަގުތު ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ ގިނަ އަހަރަަކަަށް ވުރެ ގިނަ ދުވަސްވި ނަމަވެސް މިނިސްޓަރުން ގަވައިދުން ދަނީ ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު