އެކަށީގެންވާ ހެކި ލިބިފައި ނުވާތީ ކުރީގެ އަނބިމީހާއަށް އަނިޔާ ކުރުމުގެ ދަޢުވާއިން ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ސަލާމަތް ވެއްޖެއެވެ.
އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފުލުހަށް ހުށަހަޅާފައިވަނީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމެވެ. ނަމަވެސް އަސްރާ ފަހުން ވަނީ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ.
މައްސަލަ ކުރިއަށް ނުގެންދިއުމަށް އަސްރާ އެދުނު ނަމަވެސް ފުލުހުން ވަނީ އެ މައްސަލައިގައި ހިމެނޭ ޖިނާއީ ކުށުގެ ބައި ތަހުގީގު ކޮށްފައެވެ. އަދި ޕީޖީ އޮފީހުން ވަނީ އެމައްސަލާގައި އީސަގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައެވެ.
އީސަ ވަނީ ކޯޓުގައި އެދަޢުވާއަށް އިންކާރުކޮށްފަ އެވެ.
މައްސަލައިގެ ޙުކުމަށް ވާސިލުވުމުގައި ކްރިމިނަލް ކޯޓުން ބަޔާންކޮށްފައިވަނީ ދައުވާގައި ބުނާ ގޮތަށް އީސަ އަސްރާއަށް އަނިޔާކުރި ކަމަށް އަސްރާ ބުނިކަމާ މެދުގައިވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި މި މައްސަލައިގައި އަސްރާ އާއި ބައެއް ހެކިން، ހެކި ބަސް ދޭން ބޭނުން ނުވިކަންވެސް ކޯޓުން ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން އެމައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ މި މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ހެކި އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ލިބިފައި ނުވާތީ ދައުވާ ސާބިތުނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު