އެމްޓީސީސީގެ ކުރީގެ އެމްޑީ ނަފާ ނަސީމް
އެމްޓީސީސީގެ ކުރީގެ އެމްޑީ ނަފާ ނަސީމް
ސަރުކާރުން ޤައުމު ތަރައްޤީ ކުރިނަމަވެސް އެކަން އެއްބަޔަކަށް ގޯސްވާ ކަމަށާއި، ތަރައްޤީ ނުކުރިޔަސް އެކަން ގޯސްވާ ބަޔަކު އުޅޭ ކަމަށް ވިދާޅުވެ ޤާނޫނު އަސާސީ އިސްލާޙުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ނަފާ ނަސީމް އިދިކޮޅަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް ގޮސްފައިވާ ކަމަށާއި، ޤައުމުތަކަށް ބަރޯސާވެ ދަރަންޏަށް ފައިސާ ހޯދައިގެން ސަރުކާރުން ޤައުމު ތަރައްޤީ ކުރާކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަމުން ނަސީމް ވިދާޅުވީ، ގައުމު ތަރައްގީކޮށް، މައްސަލަތައް ޙައްލު ކުރުމަކީ އަނގައިން ކުރެވޭ ކަމެއް ނަމަ މިގައުމު ތަރައްގީވެ، މިގައުމުގައި ހުރި މައްސަލަތައް މިހާރު އޮންނާނީ ޙައްލުވެފައި ކަމަށެވެ. މީސްކޮޅު ކިތައްމެ މަދަސް، މިގައުމުގައި އެވަރަށް ހުސް އަނގަ އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިއްޔެ ގޮވީ ކޮބާހޭ ރަށުބަނދަރާ، މަގޭފުލެޓާ، މި ރަށު ތާރުއެޅިމަގާ، އަފިރިންނަށް ހިލޭބޭހާ، ހިލޭތައުލީމާ، މިރަށުގެ ފެނާނަރުދަމާޔާ! މިއަދު ގޮވަނީ ދަރަނިވެރިވީ ކީއްވެ ހޭ! ސަޅި ގައުމެއް?!" ދެ ދުވަހު ދެގޮތަށް ވާހަކަ ދައްކަވާ ސިޔާސީ ބޭފުޅުންނަށް ހަޖޫ ޖައްސަވަމުން އެމްޓީސީސީގެ އެމްޑީގެ މަޤާމުވެސް އަދާކުރަށްވާފައިވާ ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް އިންޑިއާ އާއި، ޗައިނާ ވައްދާ ފަރާތްތަކަށްވެސް ނަސީމް ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިރާއްޖެ ހަލާކު ކުރަނީ އިންޑިޔާއާއި، ޗައިނާއާއި، ސައޫދީއަރަބިއްޔާ އިން ނޫން ކަމަށެވެ. ޙަޤީޤަތުގައި ރާއްޖެ މިއަދު މިއޮތް ހިސާބަށް ގެނައުމަށް އެހީވީ އެމީހުން ކަމަށާއި، "ސިޔާސީ ފޮނިކަމާ ބޮޑާކަމާ ޖާހިލުކަމުގެ ވެސް ހައްދެއް އޮންނަންވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އިންޑިއާއިން 750 މިލިއަން ޑޮލަރުގެ އެހީތެރިކަން ދީފައިވާތީ އިދިކޮޅުން ގެންދަނީ އެއީ، ސަރުކާރުން ރާއްޖެ އިންޑިއާއަށް ވިއްކާލުން ކަމަށްބުނެ އެކަމާ ދެކޮޅަށް އިޙްތިޖާޖް ކުރަމުންނެވެ. އަދި އިންޑިއާ އައުޓް ގެ ނަމުގައި އިޙްތިޖާޖް ތަކެއްވެސް ގެންދަނީ ކުރަމުންނެވެ. އެކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން އުޅެނީ ސަރުކާރުން އަލަށް ފެށުމަށް ތައްޔާރުވަމުންދާ ބައެއް ބޮޑެތި ޕްރޮޖެކްޓްތަކުގެ ފޯކަސް އަނބުރާލުމަށް ކަމަށާއި، އިދިކޮޅުން ބޭނުންނުވިޔަސް މި ސަރުކާރުން ދިވެހިންނަށް ތަރައްޤީ ގެނެސްދޭނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ފަރާތްތަކަށް ނިސްބަތް ކުރަށްވައި ނަސީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ މިސާލަކީ މައިބަފައިން ކޯޅޭތީ އާއިލާރޫޅިފައިވާ ހާލަތުގައި ބޮޑުވާ ކުއްޖެއްގެ މިސާލު ކަމަށާއި، އުމުރުން ދުވަސްވާތީ އެ ދަރިފުޅު ހުރެ ބޮޑުވި ނަމަވެސް ދިރިއުޅުމުގެ މަންޒިލެއް، ރާސްތާއެއް، ދިމާލެއް ނޯންނާނެ ކަމަށެވެ. އަދި ރާއްޖޭގައި މައްސަލަތަކެއް ހުރި ނަމަވެސް ސިޔާސީމީހުން ވެރިކަން ފުރޮޅާލަން އެ ދައްކަނީ ޙަޤީޤީ މައްސަލަތަކެއް ނޫންކަމަށާއި، އަދި މައްސަލަތަކުގެ ޙައްލުތައް ކަމަށް ބުނެ ސިޔާސީ މީހުން ރައްޔިތުންނަށް ބުނެދެނީ ޙަޤީޤީ ޙައްލު ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ާއަލީ

10-Sep-2020

ނަފާ ނަސީމް ޚާއްސަ މަޖިލީހަށް އެރުއްވި ކަމެއް ނޭގޭ


5

ާއަލީ

10-Sep-2020

ނަފާ ނަސީމް ޚާއްސަ މަޖިލީހަށް އެރުއްވި ކަމެއް ނޭގޭ


1

ޢަލީ

10-Sep-2020

މޮޅު ވާހަކަ ފުޅެއް


-1

ސިޔާސީ މީހާ

09-Sep-2020

އަސްލު ވަރަށް ފުރިހަމަ ރަނގަޅު ވާހަކަ އެއް ނަފާ ތިޔަ ވިދާޅުވީ އިދިކޮޅުން ބޭކާރު އަނގަތަޅަނީ



ޓްރެންޑިން