ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުނުގެ ގޮތުން، މި ސްކީމުގެ ދަށުން ބެންކަށް ކުރެހުން ހުށަހަޅާ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހިޔާވަހި ފައިނޭންސިން ސްކީމަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެކެވެ. މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ކުރިއަށްގެންދާ ސްކީމެކެވެ.
މި ސްކީމުގެ ދަށުން އެޕްލިކޭޝަންގައި ހުށަހަޅަން ޖެހޭ ލިއުންތަކުގެ ތެރޭގައި ފާސްކުރެވިފައިވާ ކުރެހުމެއް އޮންނަންޖެހެއެެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ މުއްތަލިބު ވިދާޅުވީ ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ފާސްކުރެވިފައިވާ ކުރެހުން ބޭންކުތަކުން ބޭނުންވާތީ ކަމަށެވެ.
މާލޭގެ ވަރަށް ގިނަ ފަރާތްތަކުން މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާކަން ފާހަގަ ކުރަމުން މިނިސްޓަރ ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާކަމަށެވެ.
އެހެންކަމުން ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިނިއަރު އަދި އާކިޓެކްޓް ސްޓޭމްޕް ކޮށްފައިވާނަމަ ކުރެހުން ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މި ގޮތަށް އުސޫލު ބަދަލު ކުރި ނަމަވެސް، އިވެލުއޭޝަން މަރުހަލާގެ ތެރޭގައި އެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުން ކުރެހުންތައް ހުށަހެޅުމަށް ދީފައިވާ ލުއި، ހިޔާވަހި ސްކީމުގެ ދަށުން ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށެވެ.
މި ސްކީމުގެ ދަށުށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ބިން ލިބިފައިވާ ފަރާތްތަކަށް ގެދޮރު އެޅުމަށް މާލީ އެހީތެރިކަން ލިބޭނެއެވެ.

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކުން ފާސްކުރެވިފައިވާ ކުރެހުން ބޭނުންވާތީއެވެ. އެހެން ނަމަވެސް މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ މާލޭގެ ވަރަށް ގިނަ ފަރާތްތަކަކުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން…
— Abdulla Muththalib (@muththo) April 21, 2025
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުން ކުރެހުންތައް ހުށަހެޅުމަށް ދީފައިވާ ލުއި، ހިޔާވަހި ސްކީމުގެ ދަށުން ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށެވެ.
މި ސްކީމުގެ ދަށުށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ބިން ލިބިފައިވާ ފަރާތްތަކަށް ގެދޮރު އެޅުމަށް މާލީ އެހީތެރިކަން ލިބޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު