ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އާއި އިންޓާނަލް އޮޑިޓަރުން އައްޔަން ކުރުމުގައި ބަލާ އެންމެ ދަށް މިންގަނޑު ކަނޑައަޅާ އުސޫލެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކުލަވާލައިފިއެވެ.
ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ އުސޫލެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ އެ މަގާމުތަކަށް ބޭނުންވާ މީހުން ހޯދުމަށް ފުރުސަތު އިތުރަށް ފަހިކުރުންކަމަށެވެ.
އެ އުސޫލުގައި އެ މަގާމުތަކުގެ ޝަރުތުތައް ބަޔާންކޮށްފައިވާއިރު ޕީސީބީން ބުނީ ޝަރުތުތައް މިހާރުވަނީ ކުރިއަށްވުރެ ދަށްކޮށްފައި ކަމަށެވެ. އޭގެ ބޭނުމަކީ ގިނަ ބަޔަކަށް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް ޕީސީބީން ބުނެއެވެ.
އުސޫލުގައި ބުނާގޮތުން ސީއެފްއޯގެ މަގާމަށް ކުރިމަތިލާ މީހަކުވާން ވާނީ އެކައުންޓިން އެންޑް ފައިނޭންސިން ދައިރާއިން މަތީތައުލީމު ހާސިލު ކޮށްފައިވާ މީހަކަށް ކަމަށެވެ. އޭގެ އިތުރުން ޗީފް އިންޓާނަލް އޮޑިޓަރު ވާންޖެހޭނީ އޮޑިޓިން، އެކައުންޓިން އަދި ފައިނޭންސިން ދާއިރާއިން މަތީ ތައުލީމު ހާސިލް ކޮށްފައިވާ މީހަކަށް ކަމަށް ވެސް ބުނެފައިވެއެވެ.
މި ދެ މަގާމުގައި ވެސް ވަޒީފާ އަދާކުރަންވާނީ ޕްރޮފެޝަނަލް މިންގަނޑުތަކާއި އެއްގޮތަށް ކަމަށާއި ކުންފުނީގެ ބޯޑަށް ލަފާދޭންވާނީ ނުފޫޒުތަކުން އެއްކިބާވެގެން ހުރެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޕީސީބީން ދަނީ އެކި އުސޫލުތައް އަލަށް ތައާރަފު ކުރަމުންނެވެ. ހަމައެގޮތަށް ބައެއް އުސޫލުތަކަށް މުހިންމު އިސްލާހުތައް ގެންނަމުންދާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާގެ ޑިރެކްޓަރުގެ ޝަރުތަށް ވެސް މިއަދު ވަނީ ބަދަލު ގެނެސްފައެވެ.

ޗީފް ފައިނޭންޝިއަލް އޮފިސަރ އަދި ޗީފް އިންޓަރނަލް އޮޑިޓަރ އައްޔަންކުރުމާއި ވަކިކުރުމުގެ އުސޫލާ ގުޅޭhttps://t.co/Sq3hilzBtZ pic.twitter.com/txIJVXUP79
— Privatization & Corporatization Board (@pcb_gov) April 21, 2025
ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޕީސީބީން ދަނީ އެކި އުސޫލުތައް އަލަށް ތައާރަފު ކުރަމުންނެވެ. ހަމައެގޮތަށް ބައެއް އުސޫލުތަކަށް މުހިންމު އިސްލާހުތައް ގެންނަމުންދާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާގެ ޑިރެކްޓަރުގެ ޝަރުތަށް ވެސް މިއަދު ވަނީ ބަދަލު ގެނެސްފައެވެ.
ކިޔުންތެރިންގެ ހިޔާލު