ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި، ގއ. ދާންދޫ، އަމާޒު، ޒައިނާ އަބްދުﷲ އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭންކިން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޒައިނާއަށް ރުހުން ދިނުމަށް ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. އޭނާއަށް ރުހުން ދިނުމާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
ޒައިނާ އަބްދުﷲ އަކީ މިހާރުވެސް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ޕީސީބީގެ މެންބަރުކަމަށް އައްޔަނުކުރައްވާފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާއި، އެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ގާނޫނީ ބޮޑު ޒިންމާއެއް އުފުލަންޖެހޭ އިދާރާއެކެވެ. މީގެ އިތުރުން ކުންފުނިތަކުގެ މާލީ ހާލަތާއި ހިންގުންތެރިކަން މޮނިޓަރކުރުމަކީވެސް އެ ބޯޑުގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު