ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ޙަމަލާ ދިން ކަމަށް ތުހުމަތު ކުރެވުނު މީހުންގެ މައްޗަށް ކުށް ސާބިތެއްނުވެ ސަލާމަތް ވެއްޖެއެވެ.
ޝަމީމަށް މަގުމަތިން ބަޔަކު މަރުތޭލަކުން ހަމަލާދީ ޒަހަމްކޮށްލީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެ ހަމަލާގައި އޭނާގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވެއެވެ. ނަމަވެސް މާބޮޑު އަނިޔާއެއް ނުލިބެއެެވެ.
ޝަމީމަށް ޙަމަލާދިން ކަމަށް ތުހުމަތުކޮށް ދަޢުލަތުން ހަތް މީހެއްގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލަން އުޅުުމުގެ ދައުވާ އުފުލިއެވެ. ނަމަވެސް އެމީހުންގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް އިހުސާން ކުރެއްވި ހުކުމުގައި ބުނެފައިވަނީ، މި މައްސަލާގައި ކުށް ސާބިތުކުރުމަށް މައިގަނޑު ގޮތެއްގައި އޮތް ހެއްކަކީ ސީސީޓީވީ ފުޓޭޖުތައް ކަމަށާއި، ނަމަވެސް ސީސީޓީވީގެ ފުޓޭޖުތަކުން ފެންނަ ގަޑިއާއި ހާދިސާ ހިނގި ވަގުތު ކަމަށް ބުނާ ވަގުތާ ދިމާނުވާ ކަމަށެވެ.
އެހެންކަމުން މިޙާލަތުގައި ޝަރީއަތަށް ހެކި ބަލައިގަތް ނަމަވެސް ކުށް ސާބިތު ކުރުމުގައި ހެއްކަށް ބުރަދަން ދެވޭނެ މިންވަރު ދަށްވާނެ ކަމަށް، މައްސަލަ ސާބިތު ނުވާކަމަށް ކަނޑައެޅި ޤަޟިއްޔާގެ ޙުކުމްގައި ބުނެފައިވެއެވެ.
ޝަމީމަށް ޙަމަލާ ދިން މައްސަލާގައި ދައުލަތުން ބުނެފައި ވަނީ މިއީ މާލޭގައި ކުށްކުރާ ގުރޫޕަކުން ދުރާލާ ރާވައިގެން ކޮމަން އިންޓެންޝަނެއްގައި ދީފައިވާ ހަމަލާއެއް ކަމަށެވެ. އެގޮތުން ޝަމީމަށް ހަމަލާ ދޭން ރާވައި، 2024 ޖެނުއަރީ 31 ވަނަ ދުވަހު މާލޭގެ ނޫރު މިސްކިތް ކައިރީ މަގުމަތީން ޝަމީމް ހުއްޓުވައި، ބޮލަށް ހަމަލާ ދޭން މަސައްކަތްކޮށް، ޝަމީމާމެދު މާރާމާރީ ހިންގައި އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާ ކަމަށް ދަޢުލަތުން ކޯޓުގައި ބުނެފައިވެއެވެ.
އަދި ޝަމީމްގެ ބޮލަށް ހަމަލާދޭން މަސައްކަތް ކޮށްފައި ވަނީ މައްސަލާގައި ދަޢުވާ ރައްދުވާ މިދުހަތު ކަމަށާއި، ސައިކަލުގައި މިދުހަތު ގޮވައިގެން އެތަނަށް ގޮސް ސީނުން އޭނާ ގޮވައިގެން އަނބުރާ ދިޔައީ ދަޢުވާ ރައްދުވާ ޖަޒްލާން ކަމަށާއި އެސައިކަލު ހޯދައިދިނީ ދަޢުވާ ރައްދުވާ މައިސާން ކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.
އޭގެއިތުރުން މި މައްސަލައިގައި ދައުވާ ކޮށްފައިވާ އަނެއް ހަތަރު މީހުންނަކީ ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި ކާރެއްގައި މަޑުކޮށްގެން ތިބި މީހުންނެވެ. އަދި ހަމަލާއަށްފަހު ސައިކަލުގައި ތިބި ދެ މީހުންނާއެކު ހަތަރު މީހުން ކާރުގައި އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށްވެސް ދައުލަތުން ކޯޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު