ޕިކްނިން އައިލޭންޑެއްގެ ގޮތުގައި މާލެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ކުޑަކުރީގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
އެޗްޑީސީ އިން ބުނީ އެ ރަށުގެ ޔުނިޓެއްގައި ކެފޭއެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ކުޑަގިރީގައި ކެފޭއެއް ހިންގަން ކުއްޔަށް ދޭން ނިންމާފައި ވަނީ 1،541.71 އަކަފޫޓްގެ ޔުނިޓެކެވެ.
މާލެ ކައިރިން ހިއްކައިގެން ތަރައްގީކޮށްފައިވާ ކުޑަގިރި ހުޅުވީ 2023 ގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
މާލެއިިން ލޯންޗެއްގައި ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮންނަ ކުޑަގިރި އަކީ ދަތުރުދާ މީހުންނަށް ބޭނުންވާނެ ވަރަށް ގިނަ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ރަށެކެވެ. އަދި އެ ރަށުން ދެވޭ ހިދުމަތްތައް އިތުރު ކުރުމުގެ މަސައްކަތްތައް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު