އެޗްއާރުސީއެމްގެ ބައްދަލުވުމެއްގެ ތެރެއިން
އެޗްއާރުސީއެމްގެ ބައްދަލުވުމެއްގެ ތެރެއިން
މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާއާ ގުޅޭ ސީސީޓީވީ ފުޓޭޖު ދެއްކުމުން ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ މައްސަލަ ކުރިއަށްދާ ގޮތާ ދޭތެރޭ ފާޑުކިއުންތައް އަމާޒުވެ މުޒާހަރާވެސް ކުރުމާއެކު ފުލުހުން މިއަދު ވަނީ އެ ހާދިސާ ހިނގިވަގުތު އަންހެން މީހާ ފިރިހެނަކާއެކު އުޅުނު މަންޒަރުތައް ފެންނަ ވީޑިއޯތައް ނޫސްވެރިންނަށް ދައްކައިފަ އެވެ.

އާންމުންނަށް ވެސް ފެންނަގޮތަށް ޓީވީން ލައިވްކޮށް އެ މަންޒަރުތައް ދެއްކުމާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ވަނީ ބަޔާނެއް ނެރެ އެކަން ކުއްވެރިކޮށްފަ އެވެ.

އެޗްއާރުސީއެމުން ބުނީ ޖިނާއީ ތަހުގީގެއްގެ ފުރަތަމަ މަރުހަލާގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމަށެވެ.

"ފުލުހުންގެ ހިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލައިގައި އަނިޔާވި ފަރާތް އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފެޓޭޖް އެކަނި ދައްކާފައިވުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި މީގެ ސަބަބުން، އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ." އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން އެންމެ ފުރަތަމަ އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމައެކަނި ވެއްޓުނު އަންހެން މީހާގެ މައުލޫމާތު ހާމަކުރުމަކީ ތަފާތުކުރުންތައް ގެންގުޅުން ކަމަށް އެޗްއާރުސީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަދި މީގެ ސަބަބުން އަނިޔާވެފައިވާ ފަރާތް އިތުރަށް ވިވްޓިމައިޒްވެގެން ގޮސްފައިވާތީ، މިއީވެސް ކޮމިޝަނުގެ ކަންބޮޑުވުމެއް ކަމުގައި ދަންނަވަމެވެ." އެޗްއާރުސީއެމުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން