ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ސަލްޓަން ޕާކުގެ ހާލަތު ގޯސްވެ ވީރާނާވަމުންދާ އިރު އެ ތަން މަރާމާތު ކުރުމަށް ކަމަށް ބުނެ އެ ޕާކުން ބައެއް މާލޭ ސިިޓީ ކައުންސިލުން މިދިޔަ ޖޫން މަހު ބަންދުވެސް ކުރި އެވެ. ނަމަވެސް އަހަރެއްވާން ކައިރިވި އިރުވެސް މަރާމާތުތައް ނުފެށޭތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު މިއަދު ފޭސްބުކްކުގައި ވިދާޅުވީ ސަލްޓަންޕާކު ވީރާނާވެ، ކުށްކުރާ ފަރާތްތައް ބޭނުންކުރާ ތަނަކަށްވެ، އަދި މަދިރި އުފެދޭ ގޮތަށް ތަން ދޫކޮށްލާފައިވާތީ އެތަން ތަރައްގީ ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުގައި އެދިގެން މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެ ޕާކު މިނިސްޓްރީގެ ދަށަށް ބަދަލުކުރި ކަމަށެވެ.
އަދި އެއާއެކު ފާއިތުވި ދެ މަސް ދުވަހު ފާކު ސާފުކޮށް ތަރައްގީކުރުމަށް ބޭނުންވާ ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަދި ޕާކުގެ ސާވޭ ކުރެވިފައިވާ ކުރެހުމެއް ނެތުމުގެ ސަބަބުން ޕާކު ސާވޭ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އިރާދަކުރެެއްވިއްޔާ ޕާކުގެ ޑިވެލަޕްމަންޓް ޕްލޭން ފައިނަލްކުރެވި އެކި ބައިތައް ތަރައްގީ ކުރުމުގެ މަސައްކަތް މާލަހެއްނުވެ ފެށިގެންދާނެއެވެ." މިނިސްޓަރު ވިދާޅުވި އެވެ.
ސަލްޓަން ޕާކު ތަރައްގީކުރުމަށް ނިންމާފައިވާ ޕްލޭންއާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ވިދާޅުވީ އެ ޕާކު އަލުން ތަރައްގީކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް "އެޑްވެންޗަރަސް" ގޮތަކަަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު