ރަޝިޔާގެ ނަޞްރުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން 72 ގަޑިއިރަށް ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ހުއްޓާލަން އެގައުމުން ނިންމައިފިއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބާގައި ހަމަލާތައް ހުއްޓާލަން ރަޝިޔާއިން މިހާރު ވަނީ ޔުކްރެއިންނަށް ހުށަހަޅައިފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި ސޯވިއެޓް ޔޫނިއަނުން ނާޒީ ޖަރުމަނު އަތުން ހޯދި ކާމިޔާބީއަށް 80 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ރަޝިޔާއިން ނިންމި ނިންމުމެކެވެ.
މިކަން އިއުލާން ކުރައްވާފައި ވަނީ ރަޝިޔާގެ ރައިސް ވްލަޑްމިއަރ ޕޫޓިންއެވެ. ޕޫޓިން ވަނީ 72 ގަޑި އިރަށް ހަމަލާތައް ބަދަލު ކުރުން ހުއްޓާލާފައިވާ ކަން އިއުލާން ކުރައްވާފައެވެ. އެގޮތުން މެއި މަހުގެ 7-8 ގެ ދަންވަރުން ފެށިގެން މެއި މަހުގެ 10-11 ގެ ދަންވަރުގެ ނިޔަލަށް ހަމަލާތައް ހުއްޓާލާފައި އޮންނާނެއެވެ.
ކްރެމްލިން އިން ބުނަނީ، މި ހަމަލާތައް ހުއްޓާލާފައި ވަނީ "އިންސާނީ ކަންކަމަށް" ރިއާޔަތްކޮށެވެ.
އެމެރިކާގެ ތާއީދު އޮންނަ ޔުކްރެއިންއަށް ރަޝިޔާއިން ހަމަލާދީފައި ވަނީ ޔޫރަޕްގެ ކުލީސިފައިންގެ ގޮތުގައި ޔުކްރެއިނުން ހަރަކާތްތެރިވެ ރަޝިޔާގެ ސަރަހައްދަށް ނުރައްކާ ކުރުމާ ގުޅިގެންނެވެ. ޔުކްރެއިންގެ ވެރިކަން ބަދަލު ކުރުމަށް އެމެރިކާއިން ވަނީ އަބަދުވެސް އިންގިލާބީ ހަރަކާތްތައް ހިންގާފައެވެ.
މި ހަނގުރާމާގައި މިހާރު ޔުކްރެއިންގެ ބިމުގެ 25 އިންސައްތަ ވަނީ ރަޝިޔާ ދަށަށް ގޮސްފައިކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު