މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ހުށަހަޅައިިފި އެވެ.
އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނީ އެ ހާދިސާ ހިނގުމުގެ ކުރިން މިނިސްޓަރު ދިރިއުޅުއްވާ މާންދޫގޭ ދެކުނު ބައިގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަަމަށެވެ.
އަދި އެ މައްސަލައިގައި ފުލުހުން މިނިސްޓަރުގެ ގޭގެ ނަން ހާމަނުކޮށް އަދި އެގެ ބަލާ ފާސްކުރިކުރުމާ ގުޅޭ މައުލޫމާތު ސިއްުރުކުރަން ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.
ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި ޝާމިލުވާ ބައެއް މީހުންނަކީ މިނިސްޓަރާ އާއިލީ ގޮތުން ގުޅުން އޮންނަ ބަޔަކަށްވާ އިރު އެ މީހުންގެ ތަހުގީގަށް މިނިސްޓަރު ނުފޫޒު ފޯރުވަމުންދާކަމަށް ވެސް މީކާއިލް ތުހުމަތުކުރައްވައިފައި ވެއެވެ.
އެހެންވެ މިނިސްޓަރު މަގާމުގައި ހުރުމަކީ ދިވެހި ރައްޔިތުންގެ ހައްގުތައް ގެއްލި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ބުނެ މިނިސްޓަރު މަގާމުން ވަކިކުރަން މީކާއިލް ހުށަހެޅުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު