ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަ ކުރުމަށް ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
"މައި ހުޅުމާލޭ ފެސްޓިވަލް" ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކާއެކު ބާއްވާ މި ފެސްޓިވަލް ދިހައެއް މެއި 2025 އިން ފެށިގެން ހަފްތާއަކަށް ދިގުދެމިގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނީ އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ހާއްސަ ހަރަކާތްތައް ހިމެނޭނެ ކަމަށެވެ.
21 ވަނަ އަހަރީ ދުވަހުގެ ބައެއް ހަރަކާތްތައް:
• ފޮޓޯގްރަފީ ކޮމްޕެޓިޝަން
• ފެމިލީ ކާނިވަލް
• ހުޅުމާލޭ ޑިސްކައުންޓް ވީކް
• ހެލްތް ކޭމްޕް
• ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކް
• މަސްރޭސް
• ސައިކްލިން ޗެމްޕިއަންޝިޕް
• ބީޗް ފެސްޓް
ހުޅުމާލެ އަކީ މާލެ އަތޮޅު އުތުރު ފަރާތުގައި އޮންނަ ސަރުކާރުން ހިއްކާފައިވާ ރަށެކެވެ. އެކި ސަރުކާރު ތަކުން އެތަން ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. އަދި އެއީ މިހާރު ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްރަށުގެ ތެރޭގައި ހިމެނޭ އެއް ރަށެވެ.

ކިޔުންތެރިންގެ ހިޔާލު