މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތްތަކަށް މާގިނަ ދުވަސްވާނެ ކަމަށް ނުބެލެވޭ ކަމަށް އެ ކޮމިޝަންގެ ރައީސް ޑރ. އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
އެ ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުރަތަމަ ފަހަރަށް މިއަދު ބޭއްވި ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ އެ ކޮމިޝަންގެ މަސައްކަތްތައް މިހާރު ފަށައިފައިވާ ކަމަށެވެ.
އެގޮތުން އެއްބާރުލުން ބޭނުންވާ މުއައްސަސާތަކާއެކު ބައްދަލުވުންތައް ބާއްވަން ނިންމައި އޭގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމުމަށް ފަހު ދެވަނަ ބައްދަލުވުން ބާއްވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުއްމީދެއް ނުކުރަން މާގިނަ ދުވަހެއް މިކަމުގައި ހޭދަވެދާނެ ކަމަކަށް. އަޅުގަނޑުމެން ބަލަން ޖެހޭ ބެލުންތައް ބަލާ، ކަނޑައަޅަން ޖެހޭ ކަންތައްތައް ކަނޑައަޅާ އަދި ލަފާ އަރުވަން ޖެހޭ ފަރާތްތަކަށް ލަފާ އެރުވުމުގައި މާގިނަ މުއްދަތެއް ހޭދަވެދާނެ ކަމަކަށް ގަބޫލެއް ނުކުރަން." މުނައްވަރު ވިދާޅުވި އެވެ.
އަދި އަމާޒަކީ ވީހާވެސް އަވަހަށް ކޮމިޝަންގެ މަސައްކަތްތައް ނިންމާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ޚާއްޞަ ކޮމިޝަނެއް އުފެއްދީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު