ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން،
ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން،
މިމަހު 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ރައްޔިތުންނާ ހިއްސާ ކުރުމަށް ޕޯޓަލް އެއް ހުޅުވުމުގެ މަޝްވަރާތައް ފަށާފައިވާކަން ރިޔާސީ ކޮމިޝަނުން ހާމަކޮށްފިއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ރައީސް އެކުލަވާލި ހާއްސަ ކޮމިޝަނުން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ، މިއީ ހައްސާސް މައްސަލައަކަށްވެފައި ގިނަ ރައްޔިތުންގެ ވެސް ކަންބޮޑުވުން ހިމެނޭ މައްސަލައަކަށްވާތީ، މައްސަލައާ ގުޅޭގޮތުން ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރުމަށް ޕޯޓަލެއް ހުޅުވުމުގެ މަޝްވަރާތައް މިހާރު އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.

އަދި މިހާރު ޕޯޓަލް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް މި މައްސަލައާ ގުޅޭ މައުލޫމާތު ދެވޭނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ކޮމިޝަނާ ސުވާލު ކުރެވޭނެ ކަމަށާއި، ކުރެވޭ ސުވާލުތަކަށް ޖަވާބުވެސް ކޮމިޝަނުން ދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ކޮމިޝަނުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ވެސް އެ ޕޯޓަލުން ފެންނާނެ ކަމަށް ޑރ. މުނައްވަރު ވަނީ ވިދާޅުވެފައެވެ.

ޑރ. މުނައްވަރު ވިދާޅުވީ، މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރި ކަމުގައިވިޔަސް، މިއީ ޖިނާއީ ކުށެއް ހިމެނޭ މައްސަލައަކަށްވާތީ ބައެއް ކަންތައްތައް ހާމަކުރެވޭނީ ތަހުގީގު ފުރިހަމަ ވުމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން