އައިޖީއެމްއެޗް
އައިޖީއެމްއެޗް
އައިޖީއެމްއެޗްގެ އެންއައިސީޔޫގެ ތެރެއިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން މިއަދު ބުނީ މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ)ގެ ކޭސްތަކެއް އެހޮސްޕިޓަލުގެ އެންއައިސީޔޫގައި ހާލު ސީރިއަސްވެ ފަރުވާ ދެމުންދާ ކުދީންތަކެއްގެ ގައިން ފެނިފައިވާ ކަމަށެވެ.

މިފަދަ ބެކްޓީރިއާތަކަކީ ވަރަށް ބަލި މީހުންނަށް ފަރުވާދޭ ތަންތަނުގައި އުފަންވާ އެއްޗެއް ކަމަށާއި، މިއީ އިންފެކްޝަނަަކަށް މަގުފަހިވެދާނެ ބެކްޓީރިއާއެއް ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދީފައިވެއެވެ.

އަދި މިކަން ދެނެގަނެވުމާއެކު ބެކްޓީރިއާ ކޮންޓްރޯލް ކުރުމަށް ވަގުތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ގޮސްފައިވާ ކަމަށާއި އަދި އިތުރު ޓްރާންސްމިޝަނެއް ފެނިފައި ނުވާތީ، އިތުރަށް މި ބެކްޓީރިއަށް ނުފެތުރި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.



މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް އަކީ ބެކްޓީރިއާތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންޓިބައިޓިކް ފަދަ ބޭސްތަކަށް ފަސޭހައިން ނުގުނޑާ ބެކްޓީރިއާތަކެކެވެ.

އައިޖީއެމްއެޗުން ބުނީ މިކަމާގުޅޭ ތަފްސީލީ މަޢުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން