އައިޖީއެމްއެޗްގެ ނިއޯ ނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ)ގައި ފަރުވާ ދެމުންދިޔަ ކުދިންގެ ތެރެއިން ބޭހަށް ނުގުޑާ ޖަރާސީމު ފެނުނު ބައެއް ތުއްތު ކުދިން ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ބުނީ 27 މާޗުން ފެށިިގެން އެންއައިސީޔޫގައި ފަރުވާ ދެމުންދާ ތުއްތު ކުދިންގެ ތެރެއިން ފަސް ކުއްޖަކު ބޭހަށް ނުގުޑާ ވައްތަރުގެ ބެކްޓީރިއާއެއް ކަމަށްވާ "ބާކޯލްޑޭރިއާ ސެޕޭޝިއާ''އަށް ޕޮޒިޓިވްވި ކަމަށެވެ.
އެ ފަސް ކުދިންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެކެހެރިކޮށްގެން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
"މި ފަސްކުދިންގެ ތެރެއިން އިތުރު ފަރުވާއަށް ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ކަންކަން ވެސް ކުރިއަށްދާކަން މި ފުރުސަތުގައި ވެސް ފާހަގަ ކުރަމެވެ." އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ އެ އިންފެކްޝަން ކޮންޓްރޯލް ކުރުމަށް އެޅި އަވަސް ފިޔަވަޅުތަކާއެކު އިންފެކްޝަން އިތުރަށް ފެތުރުން ހުއްޓިފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނީ ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު