މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހޭއަަރާފައިވާކަމަށާއި، އޭނާ މިހާރު ސްޓޭބަލް ކަމަށް އާއިލާގެ ފަރާތުން ހާމަ ކޮށްފިއެވެ.
މި ހާދިސާގައި ޔުމްނުއަށް ގިނަ ޒަހަމްތަކެއް ލިބިފައިވާއިރު، އޭނާއަށް މިހާރު ފަރުވާދެމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ.
ޔުމްނުގެ އެންމެ ފަހުގެ އަޕްޑޭޓު ދިނުމަށް އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި އާއިލާއިން ބުނެފައިވަނީ ޔުމްނު ހޭ އަރާފައިވާ ކަމަށާއި، އަދިވެސް އޭނާ ވަނީ ވަރަށް ބޮޑު ޝޮކެއްގައި ކަމަށެވެ. އަދި ޔުމްނުގެ ހާލު ސްޓޭބަލްވިނަމަވެސް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އަދި މިހާރު ޔުމްނުއަށް ކާނާދޭން ގުޅާފައިވާ ހޮޅި ނައްޓާލާފައިވާ ކަމަށާއި، މިކްސަރުން މުގުރާފައި ހުންނަ ކާނާ އޭނާއަށް ކެވޭ ކަމަށްވެސް އާއިލާއިން ވަނީ ހާމަ ކޮށްފައެވެ.
މީގެ އިތުރުން ޔުމްނުގެ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދުމުގެ ސަބަބުން ފާއިތުވި ދެދުވަހު އެކަމަށް ފަރުވާ ދީފައިވާ ކަމަށްވެސް އާއިލާއިން ހާމަ ކޮށްފައި ވެއެވެ.
އާއިލާއިން ބުނީ އަންނަ ބުރާސްފަތިދުވަހަށް ބާކީހުރި އޮޕަރޭޝަންތައް ކުރަން ތާވަލު ކުރެވިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށްވެސް އާއިލާއިން ވަނީ ހާމަ ކޮށްފައެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގާފައިވަނީ މިދިޔަ މަހު 18 ވަނަ ދުވަހުއެވެ. އެ ހާދިސާ ތަހުގީގު ކުރަމުންދާ ގޮތާ ގުޅޭ ގޮތުން ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުންތައް ހުރުމާއެކު މިނިވަން ތަހުގީގެއް ހިންގުމަށް ފުރުސަތު ދިނުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

Update on Naana
— Mooch (@mooch3300) May 4, 2025
She’s awake and stable in ICU, but still in deep shock.
Today’s key point: feeding tube is removed. She can now take blended food.
Next surgery is on Thursday to remove fragments from her hip and elbow, and to align the hip.
Recovery is slow but steady.
Last 2…
ޔުމްނު ވެއްޓުނު ހާދިސާ ހިނގާފައިވަނީ މިދިޔަ މަހު 18 ވަނަ ދުވަހުއެވެ. އެ ހާދިސާ ތަހުގީގު ކުރަމުންދާ ގޮތާ ގުޅޭ ގޮތުން ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުންތައް ހުރުމާއެކު މިނިވަން ތަހުގީގެއް ހިންގުމަށް ފުރުސަތު ދިނުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު