ފުލުހުން އަތުގައިގަތް ސިނގިރެޓް ކާޓަންތައް
ފުލުހުން އަތުގައިގަތް ސިނގިރެޓް ކާޓަންތައް
ވަގަށް އެތެރެކުރިކަމަށް ބެލެވޭ 200އަށް ވުރެ ގިނަ ސިނގިރެޓް ކާޓަން އަތުލައިގަނެފި އެވެ.

ފުލުހުން ބުނީ ޕިކަޕަކުން ކަޅު ތިން ދަބަހެއް ބޮޑު ރަސްގެފާނު މަގަށް ދޫކޮށްލުމަށް ރޭ އެ ސަރަހައްދު ދޫކޮށް ފިލި މައްސަލައެއް ބަަލަމުންދާ ކަމަށެވެ.

އެ ދަބަސްތައް ބެލިއިރު 221 ކާޓަންގެ ސިނގިރެޓް ވެސް ފެނުނު ކަމަށާއި މިއީ ވަގަށް އެތެރެކުރި ސިނގިރެޓްކަަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްްސަލައިގައި ބަނގުލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ޑިސެންބަރު މަހު ދުންފަތް ކޮންޓްރޯލްކުުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުުރުކޮށްފަ އެވެ.

އެހެންވެ ސިނގިރޭޓުގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ. އަދި އެއާއެކު ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅޭ މައްސަލަަތައް ވެސް މި ފަހުން ވަނީ އިތުރުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން