އޮރެންޖު ހިޔާގައި ގާއިމުކުރި ތެލެސީމިއާ ސެންޓަރު
އޮރެންޖު ހިޔާގައި ގާއިމުކުރި ތެލެސީމިއާ ސެންޓަރު
ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް ފެށި މަސައްކަތް އެމްއެންޑީއެފުން ނިންމައި އެތަން ހެލްތު މިނިސްޓްރިއާ ހަވާލުކޮށްފި އެވެ.

ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް އެމްއެންޑީއެފްއާ ހަވާލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު އެވެ. އޭރު އެ މަަސައްކަތް ހަވާލުކުރީ މަސް ދުވަހުން ނިންމުމަށެވެ.

އެމްއެންޑީއެފުން މިއަދު އެކްސްގައި ބުނީ ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު ހެލްތު މިނިސްޓްރިއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރި އިރު އެތަނަށް ދެވޭ ގޮތަށް އެމްޓީސީސީން ބަސް ރޫޓެއްވެސް ވަނީ ގާއިމުކޮށްފަ އެވެ.

ބޮއްސުންލާފައި އޮތް ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން