ލަންކާގެ މަސް ބޯޓެއް އައްޑޫ ސިޓީ ކައިރިން އޮޔާދާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އައްޑު އަތޮޅު ހުޅަނގުން ލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުން އެ ބޯޓްގެ ކަންކަން ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުންދާ ކަމަށެވެ.
އެ ބޯޓް މިހާރު އޮތީ އައްޑޫ ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި އަދި އެ އުޅަނދު އޮޔާ އަންނަނީ އައްޑޫސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށްކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"މި ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ އުޅަނދެކެވެ. ބޯޓްގެ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް މި ބޯޓުން މަޢުލޫމާތު ދެއެވެ." އެމްއެންޑީއެފުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު