މިނިސްޓަރު އަމީން މަޖިލީހުގައި
މިނިސްޓަރު އަމީން މަޖިލީހުގައި
މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ތަހުގީގަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް ޓްރާންސްޕޯޓް މިނިސްޓަރި މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމަށް ބުނެ އިދިިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ނާކާމިޔާބު ވެއްޖެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން މިއަދު ވަނީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފަ އެވެ. އަދި މިނިސްޓަރަށް ކުރި ތުހުމަތުތަކަށް ވަނީ ޖަވާބުދާރީވެވަޑައިގެންފަ އެވެ.

މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުން ނެވެ. ނުފެންނަކަމަށް 54 މެމްބަރުން ވޯޓު ދެއްވި އެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނީ އެ ހާދިސާ ހިނގުމުގެ ކުރިން މިނިސްޓަރު ދިރިއުޅުއްވާ މާންދޫގޭ ދެކުނު ބައިގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަަމަށެވެ.

އަދި އެ މައްސަލައިގައި ފުލުހުން މިނިސްޓަރުގެ ގޭގެ ނަން ހާމަނުކޮށް އަދި އެގެ ބަލާ ފާސްކުރިކުރުމާ ގުޅޭ މައުލޫމާތު ސިއްުރުކުރަން ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.

ނަމަވެސް މިނިސްޓަރު ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައި އޭގައި ޒައްރެއްގެ މިންވަރުގެ ހަގީގަތެއް ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން